ތައުގީރު ބުނީ "ކަބީ އަލްވިދާ ނާ ކެހްނާ" ފިލްމުގައި ޝާރުކް ކުޅުނު ކެރެކްޓަރަކީ "ޕަރްވާޒް" ޑްރާމާ ސީރީސްގައި އޭނާ ކުޅުނު ރޯލުގެ ކޮޕީއެއް ކަމަށެވެ. އަދި މި ކަމަށް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ތައުގީރު ބުނި ގޮތުގައި ކަރަން ޖޯހަރު ޑައިރެކްޓް ކުރި މި ފިލްމުގައި އޭނާގެ ކެރެކްޓަރަށް ކްރެޑިޓް ދޭން ޖެހޭނެކަމަށެވެ. . އެހެން ނަމަވެސް އޭނާގެ ކެރެކްޓަރު ކޮޕީ ކުރި ކަމަށް ޝާރުކް އަދި ކަރަން އަދި އެއްބަހެއް ނުވެއެވެ.
2006 ވަނަ އަހަރު ރިލީޒް ކުރި "ކަބީ އަލްވިދާ ނާ ކެހްނާ" އަކީ ބޮލިވުޑްގެ ބޮޑު ހިޓެކެވެ. މި ފިލްމުގައި ޝާރުކްގެ އިތުރުން ރާނީ މުކަރުޖީ، އަބިޝެކް ބަޗަން، ޕްރީތީ ޒިންތާ އަދި އަމިތާބް ބަޗަން ފަދަ ބޮޑެތި ތަރިން ވަނީ މަސައްކަތް ކޮށްފަ އެވެ.