ޝްރައްދާ---
ޝްރައްދާ ކަޕޫރުގެ މި ވީޑިއޯ ބެލިންތަ؟
Share
ޝްރައްދާ ކަޕޫރު ވަނީ ދާދި ފަހުން އިންސްޓަގުރާމު މެދުވެރިކޮށް ވީޑިއޯ އެއް ހިއްސާކޮށްފައެވެ.
Advertisement

އެވީޑިއޯ އިން ފެނިގެންދަނީ މޫނަށް މަޖާ ވައްތަރެއް ޖައްސާތަނެއެވެ. އެވީޑިއޯ ގިނަ ބަޔަކަށް ކަމުގޮސްފައިވާއިރު މޫނަށް ކިތަންމެ ވައްތަރެއް ޖެއްސިނަމަ ވެސް އޭނާ ވަރަށް ލޯބި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

"އޭކް ވިލަން" އާއި "ސްޓްރީޓް ޑާންސާ" އާއި "ބާގީ" އަދި "އާޝިގީ 2" ގެ އިތުރުން "އޭބީސީޑީ 2" ފަދަ ކާމިޔާބު ފިލްމުތަކުން ފެނިފައިވާ ޝްރައްދާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ "ބާގީ 3" އިންނެވެ.

އެފިލްމުގައި ޝްރައްދާ އާއެކު ފެނިގެންދިޔައީ ޓައިގާ ޝްރޮގް އެވެ. ފިލްމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު ޝްރައްދާ ދެން ފެނިގެންދާނީ ކޮން ފިލްމަކުން ކަމެއް އަދި އޭނާ ހަމަކޮށްފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް