ވެމްކޯއިން ތަށި މިލްކު ކުރީ ވިދިވިގެން ތިންވަނަ އަހަރު މުބާރާތް ކާމިޔާބު ކޮށްގެންނެވެ. ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ, 25-23, 25-23, 12-25 އަދި 25-16 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޕޮލިހުގެ ހައްވާ ރާޝިދާ, ވެމްކޯގެ ޖޫޒާން ޒަރީރް އަދި މާޖިދާ އެވެ.