ads
ރޭސް ޖަހަނިކޮށް ފެންނަ ލޯންޗުތަކުގެ ސްކްރީން ޝޮޓެއް: ފައިލް ފޮޓޯ
ލޯންޗު އެކްސިޑެންޓުގައި އަނިޔާވި ދެ މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެނީ
ރޭ ގުޅީފަޅު ކައިރިން ހިނގި ނުރައްކާތެރި ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 20 މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެންނަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފިއެވެ.
Advertisement

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް އެމަޖެންސީގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. ނަމަވެސް އެ ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގީ ރޭ 19:34 ހާއިރު ކަމަށެވެ. މެރިން ޕޮލިސްއިން ހާމަކުރި މައުލޫމާތުން އެނގުނު ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ ލޯންޗެކެވެ. އެ ލޯންޗުގެ ކުރިމައްޗާއި ދެ އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް