ads
ވޯލްޑް ބޭންކް.
ވޯލްޑް ބޭންކާއި އައިއެމްއެފް އަށް 80 އަހަރު: ރިޔާސަތު ރާއްޖެއަށް
ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ރިޔާސަތު މިއަހަރު ބަލަހައްޓަނީ ދިވެހިރާއްޖެއިން ކަމަށް އެމްއެމްއޭ އިން ހާމަކޮށްފިއެވެ.
Advertisement

މިއީ އެ ދެ މުއައްސަސާގެ 80 އަހަރުގެ ތާރީހުގައި ރާއްޖެއިން ރިޔާސަތު ބެލެހެއްޓި ފުރަތަމަ ފަހަރެވެ.

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެމެރިކާގެ ވޮޝިންގްޓަންގައި ބޭއްވި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތިން ބައިކުޅަ ދެބައި މިހާރު ވަނީ ބޮޑެތި ދަރަނިތަކެއްގައި ކަމަށެވެ.

ގަވަރުނަރު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލެޓަރަލް ބޭންކުތަކުން ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

އެ ބައްދަލުވުމުގައި ގަވަރުނަރު މުނައްވަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސަންޓު އުފައްދާނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރުމަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 13 ޕަސަންޓެވެ.

ގަވަރުނަރު މުނައްވަރު އިތުރަށް ވިދާޅުވީ މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކަކީ މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށެވެ. އަދި މި ކަންކަމަށް ހައްލު ހޯދުމަށް މާލީ އިދާރާތަކުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް