ads
ފަނޑިޔާރު ޝުޖޫން
ޖެނީވާގައި ބޭއްވި އދ ގެ އިންތިހާބުން އެންމެ ގިނަ ވޯޓު ޝުޖޫން އަށް
ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ ސަބް ކޮމިޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) ގެ އިންތިހާބުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ކާމިޔާބު ހޯއްދަވައިފި އެވެ.
Advertisement

މިއީ ޝުޖޫން އެ މަގާމަށް އިންތިހާބުވެވަޑައިގަތް ހަތަރު ވަނަ ދައުރެވެ. އޭނާ އެންމެ ފުރަތަމަ އެ ކޮމިޓީގެ މެންބަރަކަށް އިންތިހާބުވެވަޑައިގަތީ 2011 ގައެވެ. އޭގެ ފަހުން ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް އޭނާ ވަނީ ކާމިޔާބު ހޯއްދަވައިފަ އެވެ. މި ދައުރު ނިމޭނީ 2028 ގަ އެވެ.

އެސްޕީޓީ އަކީ އދ. ގެ އެންމެ މުހިންމު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީ އެވެ. މި ކޮމިޓީގައި 25 މިނިވަން އެކްސްޕާޓުން މަސައްކަތްކުރެ އެވެ. އަދި މެންބަރުން މަސައްކަތް ކުރަން ޖެހެނީ އެމީހުންގެ އަމިއްލަ ތަޖުރިބާ ބޭނުންކޮށްގެން މިނިވަންކަމާ އެކު އެވެ.

ރާއްޖެ އަކީ އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗާ (އޮޕްކެޓް) އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަދި އޭޝިއާ ސަރަހައްދުން އެންމެ ފުރަތަމަ އޮޕްކެޓްގައި ބައިވެރިވި ގައުމަކީ ވެސް ރާއްޖެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް