ads
މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް
ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ފިޔަވަޅު އަޅަން ނާޒިމް ގޮވާލައްވައިފި
ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅަން މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމް ގޮވާލައްވައިފި އެވެ.
Advertisement

ޗައިނާގެ ޝިންޑާއޯގައި ބޭއްވި ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެއިން މިހާރު ވަނީ 93 ކަނޑުގެ ސަރަހައްދެއް ހިމާޔަތްކޮށްފައި ކަމަށާއި އެއީ 63،000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި މޫދުވިނައިން ކާބަން އެބްޒޯބްކުރާ މިންވަރަކީ ރެއިންފޮރެސްޓްތަކަށް ވުރެ ހެކްޓަރަކަށް 40 ޕަސަންޓު އިތުރު އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ކަނޑުން ހަކަތަ އުފެއްދުމާއި މެރިން ބަޔޯޓެކްނޮލޮޖީގެ ހޯދުންތައް އިތުރުކޮށް ފުޅާކުރުމަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ 30 ޕަސަންޓު 2030 އާ ހަމައަށް ހިމާޔަތްކުރުމަށް ވެސް ގޮވާލެއްވި އެވެ.

މަޖިލިސް އިދާރާއިން ބުނީ މި ފޯރަމްގައި ނާޒިމް ވަނީ ދޮށީގެ މަސްވެރިކަމާއި ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވި ކަމަށެވެ. އަދި ކަނޑުގެ ދިރުން ހިމާޔަތްކުރުމަށް ރާއްޖޭގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ވެސް ގޮވާލެއްވި އެވެ.

އޮކްޓޯބަރު 24 އިން 25 އަށް ކުރިއަށްދިޔަ މި ފޯރަމަކީ ނޫ އިގްތިސާދުގެ ރޮނގުން ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ މަގްސަދުގައި ބޭއްވި ފޯރަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް