އިންސްޓަގުރާމު މެދުވެރިކޮށް ތާރާ ހިއްސާކޮށްފައިވާ އެފޮޓޯއިން ފެނިގެންދަނީ ކަންފަތުގައި ފޯނު ޖައިގެން ހުރި މަންޒަރެވެ. އެފޮޓޯ ފެނި ގިނަ ބަޔަކު ވަނީ ތާރާ ކުޑައިރު ވެސް ވަރަށް ލޯބި ކަމަށް ބުނެފަ އެވެ.
އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ 2" ނެރެފައި ވަނީ މިދިޔަ އަހަރުގެ މެއި މަހު 10 ވަނަ ދުވަހު އެވެ. އެ ފިލްމުގައި ތާރާއާ އެކު އަނަންޔާ ޕާންޑޭ އަދި ޓައިގާ ޝްރޮފް ވެސް ވަނީ ފެނިފަ އެވެ.
ތާރާ އެންމެ ފަހުން ފެނިގެން ދިޔައީ "މަރްޖާންވާން" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ފެނިގެންދާނީ ސިދާތު މަލްހޯތުރާ އެވެ.
ބޮޑު ތަރުހީބެއް ފިލްމަށް ލިބުނުއިރު ތާރާއަށް އަންނަނީ ފިލްމުތަކުން ގިނަ ފުރުސަތު ތަކެއް ލިބެމުންނެވެ.