ads
ވަޒީރު ހައިދަރު 4000 ފްލެޓްގެ މަސައްކަތް ހިނގާ ގޮތް ބަލާލަން ކުރި ޒިޔާރަތުގެ ތެރެއިން
4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ނެރެން ތައްޔާރު
މި ހަފުތާ ނިމުމުގެ ކުރިން ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު އަލީ ހައިދަރު ހާމަކުރައްވައިފިއެވެ.
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ދޫކުރާ 4،000 ފްލެޓަށް 20،697 ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވާ ކަމަށް ވަނީ ނިންމާފައެވެ.

އޭސީސީން ބުނީ ތަހުގީގުގައި ބެލި 4،048 ފޯމުގެ ތެރެއިން 20.7 ޕަސަންޓު ފޯމަކީ އެއްވެސް މައްސަލައެއް ނެތި ޝަރުތު ހަމަވާ ފޯމު ކަމަށެވެ. އަދި 19.7 ޕަސަންޓު ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަތައް ހުރި ފޯމު ކަމަށާއި 59.6 ޕަސަންޓު ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމު ކަމަށެވެ.

ފްލެޓް ނުލިބޭ ނަމަވެސް ޝަރުތު ހަމަވާ 9،000 އަށް ވުރެ ގިނަ މީހުންނަށް ލިޔުމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި މި ފަރާތްތައް ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް