ރާޖް ކަޕޫރުގެ 100 އަހަރުގެ ޖަލްސާގައި ނަގާފައިވާ ވީޑިއޯއެއްގައި އާލިއާ ބަޓް ވާހަކަދައްކަން މަސައްކަތްކުރި އިރު ނީތު ކަޕޫރު އޭނާއަށް އެއްވެސް ސަމާލުކަމެއް ނުދިން މަންޒަރު ފެންނަން ހުއްޓެވެ. މި މަންޒަރާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކި ގޮތްގޮތަށް ހިޔާލު ފާޅުކޮށްފައެވެ. ނަމަވެސް ދެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއްކަމެއް އަދި ސާފެއްނުވެއެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނެފައިވަނީ މި ދެމީހުންގެ ދެމެދުގައި އާއިލީ މައްސަލައެއް އުޅޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެ ޖަލްސާގައި ސައިފް އަލީ ކާން އާއި ރަންބީރު ކަޕޫރު ދެމެދުގައިވެސް ދެބަސްވުމެއް އުޅޭކަން ފާހަގަކުރެވުނު ކަމަށް ބައެއް މީހުން ބުނެއެވެ.
ސޯޝަލް މީޑިއާގައި މީހުން ފާހަގަކޮށްފައިވާ ގޮތުގައި އާލިއާ ބަޓް މިހާ އިތުބާރު ގެއްލިފައިވާ ތަނެއް މީގެ ކުރިން ފެނިފައެއް ނުވެއެވެ.