ads
އެމްއެމްސީ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ނޫހަކުން ދޮގު މައުލޫމާތު ފަތުރާތީ ރައީސް އޮފީހުން 61 މައްސަލަ ހުށަހަޅައިފި
ރަޖިސްޓްރީ ނުކޮށް ހިންގާ "ދިޔަވަރު" ނޫހުން ދޮގު މައުލޫމާތު ފަތުރަމުންދާތީ ރައީސް އޮފީހުން 61 މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.
Advertisement

މީޑިއާ ކައުންސިލުން މިއަދު ނެރުނު ޕަބްލިކް އެޑްވައިޒަރީގައި ބުނީ މިއަހަރުގެ ތެރޭގައި އެ ކައުންސިލަށް ލިބުނު 77 ޝަކުވާގެ ތެރެއިން 63 ޝަކުވާއަކީ ދިޔަވަރު ނޫހާ ގުޅޭ މައްސަލަތައް ކަމަށެވެ. އޭގެ ތެރެއިން 61 މައްސަލައެއް ހުށަހަޅާފައިވަނީ ރައީސް އޮފީހުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ރައީސް އޮފީހުން ހުށަހެޅި މައްސަލަތަކުގައި ފާހަގަކޮށްފައިވަނީ ދިޔަވަރު ނޫހުން ޝާއިއުކުރަނީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރާ ދެމެދު ނަފްރަތު އުފެއްދުމަށް ދޮގު މައުލޫމާތު ކަމަށެވެ. އަދި އެ ނޫހުގެ ގިނަ ކޮންޓެންޓް ހުންނަނީ ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ސަރުކާރުގެ އިސްވެރިންނަށް ފާޑުކިޔާ ގޮތަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ދިޔަވަރު ނޫހުގެ ކޮންޓެންޓްތަކުގައި މީޑިއާއެއްގައި ބޭނުންކޮށްގެން ނުވާނެ ބަސްމަގު ހިމަނާފައި ހުންނަ ކަމަށާއި، ގިނައީ ތުންތުން މަތިން ދެކެވޭ ވާހަކަތައް ކަމަށެވެ. އަދި މިފަދަ ލިޔުންތަކުގެ ސަބަބުން އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގާއި އަބުރު ރައްކާތެރި ކުރުމުގެ ހައްގަށް އުނިކަން ލިބި، މުޖުތަމައުގައި ގިނަ އަދަދަކަށް ދޮގު މައުލޫމާތު ފެތުރިގެންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް