މި އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
ނަމަވެސް މިހާރު ޖަލްސާ ވަނީ މި މަހުގެ 30 އަށް ފަސްކޮށްފަ އެވެ. މިއަހަރު އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 18 ދާއިރާއަކުންނެވެ.
އެގޮތުން އެ އިނާމަށް 88 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ.
ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން އަންނަނީ އިނާމު ދެމުންނެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.
ނޫސްވެރިކަމުގެ އިނާމު ދޭން ފެށީ 2013 ވަނަ އަހަރު އެވެ. މިއީ އެ އެވޯޑު ދޭ 11 ވަނަ ފަހަރެވެ.