ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މި މަގާމަށް ހޮވުމަށްފަހު، ކޮމެޓީގެ ނައިބު މުގައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހޮވިފަ އެވެ. މި ދެ މަގާމަށް ނަން ހުށަހެޅީ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު އެވެ.
މި ކޮމެޓީން ބަލާނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލުތަކާއި، ވޭޕާއި ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލުތަކެވެ. މި ބިލުތަކުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް ވަނީ ކޮމެޓީން މަޝްވަރާކޮށްފަ އެވެ.
ކޮމެޓީން ނިންމާފައިވަނީ މި ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް މާދަމާ މެންދުރު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލުމަށެވެ. އަދި އެއަށްފަހު ބިލުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.