"އެސްކުއާ އިންޑިއާ" އަށް ދިން ހާއްސަ ވީޑިއޯއެއްގައި އާލިއާ ވަނީ މި ސިޓީ ކިޔައިދީފަ އެވެ.
ރަންބީރާ ގުޅޭގޮތުން ބުނީ ކީކޭ؟
މި ސިޓީގައި އާލިއާ ވަނީ އޭނާގެ ކުޑައިރުގެ ނަފްސަށް ނަސޭހަތްތަކެއް ދީފައެވެ. އާލިއާ ލިޔެފައި ވަނީ ސްކޫލް ދުވަސްވަރު އުޅޭ ފިރިހެން ކުދިންނާ ހެދި ރޮއި ހިތާމަ ނުކުރުމަށް އަމިއްލަ ނަފްސަށް ނަސޭހަތް ދީފައެވެ. ސަބަބަކީ މުސްތަގުބަލުގައި އިންތިޒާރު ކުރަމުންދަނީ ދުނިޔޭގެ އެންމެ ރަނގަޅު ބައިވެރިޔާ ކަމަށް ވާތީއެވެ.
ރަހާ އަކީ "ކުޑަވަރެއްގެ ލޯޔަރެއް" ދާދި ފަހުން 3 އަހަރު ފުރުނު ދަރިފުޅު ރަހާއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ، އޭނާ ކުޑައިރު ދެކުނު "މިނީ-މީ" (އަމިއްލަ ސިފަޔާ ވައްތަރު ކުޑަ ކުއްޖެއް) ބެލެހެއްޓުމުގެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ.
އާލިއާ ބަޓް އޭނާގެ ފިރިމީހާ އަދި ދަރިފުޅާއެކު
މި ވަގުތު އާލިއާ ދަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ފިރިމީހާ ރަންބީރު ކަޕޫރާއި ވިކީ ކޯޝަލް ވެސް ފެނިގެންދާނެއެވެ.