ads
ފީއެންސީއަށް 65،000 މެންބަރުން ހަމަވުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މެންބަރު ސުޖާއު: ފޮޓޯ ޕީއެންސީ
ރައްޔިތުންގެ ތާއިދު ހޯދެނީ ހިތްވަރު ހުރެ ކަމުގައި އުޅެގެން: ސުޖާއު
ރައްިޔިތުންގެ ތާއީދު ހޯދޭނީ ހިތްވަރު ހުރެ ކަމުގައި އުޅެގެން ކަމަށް ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ސުޖާއު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުޖާއު މިހެން ވިދާޅުވީ މުހައްމަދު މަލީހު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ސުޖާއު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސިޔާސީ ޕާޓީ ތަކަށް ރައްޔިތުން ވަންނަގޮތާއި ރައްޔިތުންގެ ތާއީދު ސިޔާސީ ހަރަކާތައް ހޯދަން އެގޭނީ ހިތްވަރާއެކު އެކަމުގައި އުޅެން ކެރޭ މީހުންނަށް ކަަމަށެވެ.

"އަދި އެއީ ތިބި ފިކުރެއްގައި އެގޮތުގައި ދެމިތިބޭ ބަޔަކަށް ކުރަން އެގޭ ކަމެއް.ދެއިރު ދެދަޅައަށް ބޯވަ ހެދިގެން އުޅޭ މީހުންނަށް ސިޔާސީ ޕާޓީ" އެ ޕޯސްޓްގައި ސުޖާއު އިތުރަށް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އިސްވެ އުފެއްދި ޕާޓީ ޕީއެންފްއަށް ސެކެރެޓަރީ ޖެނަރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ  މުހައްމަދު މަލީހު ޖަމާލު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ މީހުންގެ ސޮއެ ފޯޖްކޮށްގެން ޕާޓީއަކަށް ވެއްދުމަކީ ގާނޫނީ ކުށެއްކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ފާޑު ވިދާޅުވެފައެވެ.

"މީ ސަރުކާރުން ޕާޓީތަކަށްދޭ ލާރިި އެއްކޮށް ދިރުވާލަން ރައީސް މުއިއްޒު ޖައްސަވާ ސަކަރާތެއް. ޕާޓީތަކަށް މިގޮތަށް މީހުން ވެއްދުމަކީ ނާތަހުޒީބު އަމަލެއް" މަލީހު ވިދާޅުވިއެވެ.

 ޕީއެންސީ އަށް މިހާތަނަށް 65،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ހަމަކޮށްފައެވެ. 

ޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް މިހާރު ދަނީ މާލެ އާއި އައްޑޫ ސިޓީ އަދި ބ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. 

މި މަސައްކަތަކީ ޕާޓީގެ ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއްކަމަށްވާއިރު  ޕާޓީގެ އަމާޒަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 75،000 މެމްބަރުން ހަމަކުރުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް