ads
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 492 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނު
ތިންވަނަ ކުއާޓަރުގައި ބީއެމްއެލްއަށް 492 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ބީއެމްއެލްއަށް މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
Advertisement

ބީއެމްއެލް އާންމު ކުރި 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ ރިޕޯޓްގައި ވަނީ އެ ބޭންކުން ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި ދިވެހި މުޖުތަމައުއަށް ކޮށްފައިވާ މުހިންމު އިންވެސްޓްމަންޓްތައް ފާހަގަކޮށްފަ އެވެ. މި ރިޕޯޓުގައިވާ ގޮތުގައި މި ކުއާޓާގައި 718 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ ކުއާޓާއާއި އަޅާބަލާއިރު، 2.9 އިންސައްތަ އިތުރު އަދަދެކެވެ.

މި ކުއާޓަރގައި ސާފު ފައިދާއެއްގެ ގޮތުގައި 492 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓާއާ އަޅާބަލާއިރު %9.6 އިތުރު އަދަދެއް ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

ބީއެމްއެލްގެ ލޯނު ޕޯޓުފޯލިއޯ ވެސް ތިންވަނަ ކުއާޓަރުގައި ކުރިއަރައި އެ މުއްދަތުގައި ވަކިވަކި މީހުންނަށާއި ވިޔަފާރިތަކަށް 1.2 ބިލިއަން ރުފިޔާގެ އާ ލޯނު ވަނީ ދޫކޮށްފަ އެވެ.

  • ކުއާޓަރު ނިމުނުއިރު ޖުމްލަ އެސެޓް ހުރީ 44.7 ބިލިއަން ރުފިޔާގައި

  • ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ ހުރީ %54ގައި. މިއީ ގަވާއިދުން ލާޒިމުކުރާ މިންވަރަށްވުރެ މަތީ އަދަދެއް

މި ނަތީޖާއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މާލީ ގޮތުން ހޯދި ރަނގަޅު ނަތީޖާއާ މެދު ވަރަށް ފަޚުރުވެރިވާ ކަމަށާއި އަދި މުޖުތަމައަށް އަމާޒުކޮށްގެން ހިންގުނު މަޝްރޫއުތަކާއި ވަކިވަކި ފަރުދުންނަށާއި ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި ގައުއުމުގެ މުސްތަގުބަލް އާރާސްތުކުރުމަށް ބޭންކުން ކުރާ މަސައްކަތާމެދުވެސް ފަޚުރުވެރިވާ ކަމަށެވެ.

"މި އަހަރުގެ ބާކީ އޮތް މުއްދަތުގައި ވެސް މި ރަނގަޅު ނަތީޖާ ދެމެހެއްޓޭނެކަމުގެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް." ޝަރީފް ވިދާޅުވި އެވެ.

މި ކުއާޓަރުގައި ބޭންކުން ވަނީ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް މަޝްރޫއުއަށް ބޮޑު އިންވެސްޓްމަންޓެއް ކޮށްފަ އެވެ. އަދި 1 މިލިއަން ރުފިޔާގެ ބޭންކް ފަންޑު ކާމިޔާބުކުރި ފަރާތްތައްވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެ ފަންޑުގެ ދަށުން ތަޢުލީމު، ތިމާވެށި، ކުޅިވަރު އަދި މުޖުތަމައުގެ ތަރައްގިއާ ގުޅޭ ދާއިރާތަކުން 5 މަޝްރޫއުއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއުތަކުގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތްތައް ކުރިއެރުވުމާއި އައު ގޮތްތައް ތަޢާރަފުކުރުމާއި އިޖުތިމާއީ ބޭނުންތަކަށް ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް