ads
މިދަނީ ބަރާބަރަށް ފައިސާދެމުން އަގަށް ބަދަލު ނުގެނައިނަމަ ސިނާއަތް ނޯންނާނެ
މަސްވެރިންނަށް މި ދަނީ ބަރާބަރަށް ފައިސާ ދެމުންކަމަށާއި މަހުގެ އަގަށް ރައީސް މުއިއްޒު ބަދަލު ނުގެންނެވިނަމަ މަސްވެރިކުގެ ސިނާއަތް ނޯންނާނެކަމަށް ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
Advertisement

ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމާއެ ދާއިރާއާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ މަމަބރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. 

ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކް ލޮގުގައި 250 މިލިއަން ރުފިޔާ އޮތްކަމަށެވެ. އަދި އެ ފައިސާ މަސްވެރިންނަށް ދައްކާ މި ސަރުކާރުން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން އަންނަކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަހުގެ އަގު ކަނޑައަޅަންޖެހޭނީ ދުނިޔޭގެ ބާޒާރާއި ގުޅިގެންކަމަށާއި މި ސަރުކާރު ވެރިކަމަށް އައިސް ރައީސް ޑރ މުއިއްޒު މަހުގެ އަގަށް ބަދަލު ނުގެނައިނަމަ މަސްވެރިކަމުގެ ސިނާއަތް ނޯންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. 

" މަހުގެ އަގަށް އޭރު ބަދަލު އަޅުގަނޑުމެން ނުގައިނަމަ ދިވަހި ރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ، މިފްކޯ ކިޔާ ކުންފުންޏެއް ދިވެހި ރައްޔިތުންގެ ހުރިހާ ޓެކްސް ފައިސާއެއް މިފްކޯ ހިންގަން ހޭދަކޮށްގެން ތިބެންޖެހޭނީ އިތުރު އެއްވެސް ކަމެއް މަސްވެރިކަމުގެ ސިނާއަތަށް ނުކޮށް." ޝިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިފްކޯއިން ބޭނުންވާ އަގެއްގައި މަސްކިރުމަށް ވޭތުވެދިޔަ ފަސް އަހަރު ފަސް ބިލިއަނެއްހާ ރުފިޔާގެ ސަބްސިޑީޒް ދީފައިވުމުން އޭގެ ނަތީޖާއަކަށް ވީ ސިނާއަތުގެ ތަރައްޤީއަށް އެއްވެސްކަމެއް ނުކޮށް މިއަދު ތިބެންޖެހުން ކަމަށެވެ. 

" ބިލިއަނެއްހާ ރުފިޔާ މިިދިޔަ އަހަރުވެސް، އަޅުގަނޑުމެން މި ބަދަލު ނުގެނައިނަމަ 1.2 ބިލިއަން ރުފިޔާ މިއަހަރުވެސް ހަރަދުކުރަން ޖެހޭނެ. އޭގެ މާނައަކީ ދެ ފެކްޓަރީ ދިވެހިރާއްޖޭގައި 100 ޓަނުގެ ދެ ފެކްޓަރީ އަޅާނެ ފައިސާ މިގޮތަށް ކޮންމެ އަހަރަކު ދިނީމާ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ހަރަދު ކުރާނެ ފައިސާއެއް ނޯންނާނެ." ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި ސަރުކާރު ނިމޭއިރު ރާއްޖޭގައި 25 ހާސް ޓަނު މަސް ރައްކާކުރެވޭ ސްޓޯރޭޖް ހަދާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް