ads
ޝަހުމް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި
ޝަހުމްގެ ޝަރީއަތް ލަސްވީ އޭނާ ފިހިގެން ފަރުވާ ހޯދާތީ
މީގެ 12 އަހަރުކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި މަރަން ހުކުމްކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމްގެ ނިހާއީ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ފަށައިފިއެވެ.
Advertisement

ޝަހުމްގެ މައްޗަށް މަރަށް މަރު ހިފަން ކްރިމިނަލްކޯޓުން ހުކުމް ކުރީ ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައެވެ. އޭނާ މަރާލާފައިވަނީ 16 މާޗު 2011ގައި މެންދަމުގެ ވަގުތެއްގައި އޭނާ އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ހުއްޓައެވެ.

އަހުސަން ބަޝީރު މަރާލި މައްސަލާގައި، ކުށް ސާބިތުވެ މަރަށް މަރު ހިފުމަށް ޝަހުމްގެ މައްޗަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ހައިކޯޓުން ދެމެހެއްޓީ 2021 ވަނަ އަހަރުއެވެ. ހައިކޯޓުގެ ނިންމުން ނިހާއީ ހުކުމެއްކަމަށް ކަނޑައަޅަން ދައުލަތުން ހުށައެޅި މައްސަލައިގެ އަޑުއެހުންތައް އެންމެ މަތީ ކޯޓްގައި މި ފެށީ މައްސަލަ އެކޯޓަށް ވެއްދިތާ ދެ އަހަރު ދުވަހަށް ފަހުއެވެ. 

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗު 

  • ޑރ. މުހައްމަދު އިބްރާހީމް
  • ޑރ. އަޒްމިރާލްދާ ޒާހިރު
  • އާއިޝާ ޝުޖޫން މުހައްމަދު
  • ހުސްނުއްސުއޫދު
  • އަލީ ރަޝީދު ހުސައިން

މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުން ފައްޓަވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ޝަރިއަތްތައް ނުފެށި ލަސްވި ސަބަބުތައް ހާމަކޮށްދެއްވާފައެވެ. ފަނޑިޔާރު ވިދާޅުވީ އަޑުއެހުންތައް ތާވަލުކުރަން ގިނަ ދުވވަސްތަކެއް ނެގީ ޝަހުމް ފިހިގެން އޭނާ ބަލިވެ އުޅޭތީކަމަށެވެ. އަދި ޝަހުމްގެ އާއިލާގެ ފަރާތުން އަމިއްލަ ވަކީލަކު ހަމަޖައްސަން ވަގުތު ބޭނުންވުމުން އެކަމަށް ވަގުތު ހޭދަވިކަންވެސް ފަނިޔާރު ފާހަގަކުރެއްވިއެވެ. 

މިއަދުގެ އަޑުއެހުމުގައި އޮތީ ދައުލަތުން އިސްތިއުނާފީ ހުށައެޅުންތައް ހުށައެޅުމެވެ. ދައުލަތުގެ ނުކުތާކަކަށް ޝަހުމްގެ ފަރާތުން ރައްދު ދިނުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައެވެ.

އަހުސަން މަރާލި މި މައްސަލައަކީ މަރުގެ ތުންފަތް މަތީގައި އޮވެގެން މީހަކު ބުނި ބަސް ނުވަތަ ޑައިން ޑިކްލަރޭޝަން ރާއްޖޭގެ ކޯޓަކުން ފުރަތަމަ ފަހަރަށް ބަލައިގަތް މައްސަލައެވެ. އަހުސަނަށް ހަމަލާދިނީ ޝަހުމާއި ޝިމާޒް ކަމަށް ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތުގައި އޭނާ ބުނެފައިވެއެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށާއި އެކަމަށް ތައްޔާރުވަމުން އަންނަކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް