އެ ކުންފުނިންވަނީ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފަ އެވެ.
މިއީ މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު، 148 މިލިއަން ރުފިޔާއާ އަޅާބަލާއިރު %5 އިތުރު އަދަދެކެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ ތިން ވަނަ ކުއާޓާ، ޖޫން އިން އޮގަސްޓު މަހަށް އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފަ އެވެ. އަދި އެ ކުންފުނީގެ ވިޔަފާރި ހިންގުމަށް ކުރަން ޖެހުނު ހަރަދު، 2.9 ބިލިއަން ރުފިޔާ އުނިކުރުމުން އެ ކުންފުންޏަށް ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 250.7 މިލިއަން ރުފިޔާ ލިބިފަ އެވެ.
ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ފަހު ކުއާޓަރުގައި ލިބުނުއިރު، އޮޕަރޭޓިން ޕްރޮފިޓުގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 251 މިލިއަން ރުފިޔާ އެވެ.
އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، މި ކުއާޓަރުގައި އެސްޓީއޯގެ ހިންގުމުގެ ހަރަދުތައް ވަނީ އިތުރުވެފަ އެވެ. އެ ގޮތުން:
- ސެލިން އެންޑް މާކެޓިން ހަރަދު: 8.2 މިލިއަން ރުފިޔާ އިތުރުވެފައި
- އިދާރީ ހިންގުމުގެ ހަރަދު: 20.9 މިލިއަން ރުފިޔާ އިތުރުވެފައި
- ފައިނޭންސް ހަރަދު: 26.8 މިލިއަން ރުފިޔާ އިތުރުވެފައި
- އިންކަމް ޓެކްސް އެކްސްޕެންސް: 12.6 މިލިއަން ރުފިޔާ އިތުރުވެފައި
ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅު ވެފައިވުން ކަމުގައި އެސްޓީއޯއިން ބުނެ އެވެ. އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައިވަނީ 592 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާ ބަލައިއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއިއެކު ކުންފުނީގެ ހަރަދު އިތުރުވި ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއިއެކު މިކުއާޓަރު ގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 251 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ މީގެ ކުރީ ކުއާޓަރުއާއި އަޅާ ބަލައި 23 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ވިއްކާ ހިއްސާއަަކަށް ޖެހޭ ރުފިޔާގެ އަދަދު މިދިޔަ 2023ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ހުރީ 174 ރުފިޔާގަ އެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެ އަދަދު ވަނީ 138 ރުފިޔާއަށް ދަށްވެފަ އެވެ.
އެސްޓީއޯގައި މަސައްކަތް ކުރަމުންދަނީ ޖުމްލަ 2308 މުވައްޒަފުންނެވެ. މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައިބަލާއިރު، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވެސް ތިންވަނަ ކުއާޓަރުގައި އިތުރެވެ. މި ކުއާޓަރުގައި އިތުރު 116 މުވައްޒަފުން އެ ކުންފުންޏަށް ނަގާފައިވެ އެވެ.
ދިވެހި މުވައްޒަފުންގެ ގޮތުގައި 1869 މުވައްޒަފުން އެސްޓީއޯގައި މަސައްކަތް ކުރާއިރު، 439 ބިދޭސީ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ.