ސާފް އަންހެން ތަށި ބަންގްލަދޭޝް އިން ދިފާއު ކުރީ، ފައިނަލްގައި މުބާރާތް ހޯސްޓް ކުރި ނޭޕާލް ބަލިކޮށްގެނެވެ. 15،000 އެއްހާ ނޭޕާލް ސަޕޯޓަރުން ކުރިމަތީ ބަންގްލަދޭޝް އިން ފައިނަލް މެޗު ކާމިޔާބު ކުރީ ދެ ލަނޑު އެއް ލަނޑުންނެވެ.
މި މުބާރާތުގައި ރާއްޖޭންވެސް ކުޅުނެވެ. އެހެންނަމަވެސް ރާއްޖޭން ތިން މެޗުންވެސް ބަލިވިއިރު، ބައިކޮޅަށް 25 ލަނޑު ވަނެވެ. ރާއްޖެއަކަށް މި މުބާރާތުގައި އެންމެ ލަނޑެއްވެސް ނުޖެހެއެވެ.