މިނިސްޓަރު މިއަދު ވިދާޅުވީ ދިވެހިރާއްޖެއަކީ ތާއަބަދަށް އިމްޕޯޓުކޮށްގެން ކަރަންޓާއި އަސާސީ ވަސީލަތްތަކަށް ފޯރުކޮށްދެމުން ދިޔަ ދިއުން އިއާދަކުރަނިވި ހަކަތައިން ދިނުމަކީ މި ބަޖެޓުގެ އަމާޒެެއްކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓުގައި ހަރަދު ކުޑަކުރުމަށް އަޅާނެ ފަސް ފިޔަވަޅުތަކެއް ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އާސަންދަ ނިޒާމް މުރާޖައާކޮށް، ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަކަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ތެލުގެ އަގު ބޮޑުވުމުން މާލިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި، ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް މުރާޖައާކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސަރުކާރު ކުންފުނިތައް އިސްލާހުކުރުމަކީ ވެސް މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އޭނާ ވިދަޅުވިއވެ.