ads
ފިހާރައިން ވަގަށް ނެތި ބައެއް ތަކެތި---ފޮޓޯ:ފުލުހުން
ކަރެކްޝަނުން ފަރުވާއަށް ދޫކޮށްލި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަރުވާއަށް ދޫކޮށްލި މީހަކު ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހު 23 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދު ބިޒް މޯބައިލް ފިހާރަ ފަޅާލާ ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާގައިވާ ކަމަށެވެ.

އެމައްސަލަ އާ ގުޅިގެން ފުލުހުން މިހާތަނަށް ބެލިބެލުމުން 75000 ރުފިޔާއަށްވުރެ ގިނަ ފައިސާގެ ތަކެތި ވަގަށް ނަގާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެތަކެތި ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން، އޭގެ ތެރެއިން 62000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ތަކެތި ހޯދާއި، ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތަކެތި ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލަ އާ ގުޅިގެން މިދިޔަ މަހު 30 ވަނަ ދުވަހު އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު މިދިޔަ މަހުގެ 31 ވަނަ ދުވަހު 39 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެދެމީހުންގެ ތެރެއިން 39 އަހަރުގެ މީހާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވީސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައުއަށް ދޫކޮށްލާފައި ހުރި މީހަކަށް ވާތީ އެފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި އޭނާ ނުހިފާ ކަމަށް ބަލައި އެމީހާ އެމްސީއެސްއަށް ހަވާލުކޮށްފައިވާ ކަމަށެވެ.

އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް