ads
ވަޒީރު ޝަހީމް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދީއަށް ކުރެއްވި ދަތުރުގެ ތެރެއިން
ހައްޖު ކޯޓާ އިތުރުކުރުމުގެ ފުރުސަތު ކުޑަވެއްޖެ: މިނިސްޓަރު
މައްކާ އާއި މަދީނާގައި ކުރިއަށްދާ އުމްރާނީ މަސައްކަތްތަކުގެ ސަބަބުން ހައްޖު ކޯޓާ އިތުރުކުރުމުގެ ފުރުސަތު ކުޑަވެގެން ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ހައްޖާއި އުމްރާގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ގެ ކުރިން ސައުދީ ސަރުކާރުން އެކި ގައުމުތަކަށް 1،000 އާއި 2،000 އާ ދެމެދުގެ އަދަދަކަށް އިތުރު ކޯޓާ ދެމުން ދިޔަ ނަމަވެސް، މިހާރު އެކަން ހުއްޓާލާފައިވާ ކަމަށެވެ.

ރާއްޖެއަށް ލިބޭ ރަސްމީ ހައްޖު ކޯޓާ މިހާރު ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދީފައެވެ. އެހެން ނަމަވެސް އިތުރު ކޯޓާ ލިބިއްޖެ ނަމަ އަމިއްލަ ޖަމިއްޔާތަކަށް އެ ފުރުސަތު ދިނުމަށް ވިސްނާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައްކާ އާއި މަދީނާގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކާ ގުޅިގެން ކޯޓާގެ އަދަދަށް ބަދަލު އަތުވެދާނެ ކަމުގެ އިޝާރާތް ސައުދީ ސަރުކާރުން ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ނިންމީ ރާއްޖެއަށް ލިބޭ ހުރިހާ ރަސްމީ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށެވެ. އެއީ ހައްޖަށް ދިއުމަށް ފައިސާ ދައްކާފައި ތިބި ގިނަ ބަޔަކަށް އެ ފުރުސަތު އަވަސް ކުރުމަށް ކަމަށް ސަރުކާރުން ބުނެ އެވެ.

ހައްޖާއި އުމްރާގެ ކޮންފަރެންސްގައި 60 އަށް ވުރެ ގިނަ އަމިއްލަ ޖަމިއްޔާތަކުން ބައިވެރިވި އެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާ ކުރުމާއި، އަމިއްލަ ކުންފުނިތަކުގެ ހިޔާލު ހޯދުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް