މި ސްކީމުގެ ފުރަތަމަ ބުރި ހުޅުވާލީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެފަހަރު ކުރިމަތިލީ 153 މީހުންގެ ތެރެއިން ޝަރުތު ހަމަވެ އާސަންދައިން އެހީ ހަމަޖައްސާދީފައިވަނީ 37 މީހަކަށެވެ.
އެންސްޕާއިން ބުނީ އައިވީއެފްގެ ދެވަނަ ބުރަށް ހުޅުވާލުމުން ޖުމްލަ 215 ފަރާތްތަކުން ހުށައެޅިކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވާ 63 ފަރާތަކަކަށްކަމަށާއި އެ ފަރާތްތަކަށް އެހީ ހަމަޖެހިފައިވާކަމަށް އެންސްޕާއިން ބުނެއެވެ. އަދި ދެވަނަ ބުރުގައި އެހީ ހަމަޖެހިފައިވާ ފަރާތްތަކުން 30 ނޮވެމްބަރ 2024 ގެ ކުރިން ފަރުވާ ކުރިޔަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އެންސްޕާއިން ބުނެއެވެ.
އެންސްޕާއިން ވަނީ ދެވަނަ ބުރިގައި ދައުލަތުގެ ހަރަދު އައިވީއެފް ހަދަން ހޮވުނު ފަރާތްތަކުގެ ލިސްޓު އާއްމުކޮށްފައެވެ.
އެ އިދާރާއިން ބުނީ އެލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 10 ނޮވެމްބަރ 2024 ގެ 14:00 ގެ ކުރިން mv.gov.nspa@complaints އަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި މި މުއްދަތުގައި ޝަކުވާ ހުށަހަޅާ ފަރާތްތަކުގެ ޝަކުވާތަކަށް ރިއާޔަތްކޮށ،ް އާއްމުކޮށްފައިވާ ލިސްޓަށް ބަދަލު ގެންނަންޖެހ ކަމުގައިވާނަމ،ަ މުރާޖައާ ކުރެވިފައިވާ ލިސްޓު 15 ނޮވެމްބަރ 2024 ގައި އަލުން އާއްމުކުރާނެކަމަށެވެ.
އާސަންދައިން ބުނީ "އައި.ވީ.އެފް"ގެ ފަރުވާއަށް އެހީ ހަމަޖައްސާދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށްކަމަށެވެ. އަދި މިހިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމް މެދުވެރިކޮށް "އައި.ވީ.އެފް"ގެ ފަރުވާ ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުންނާއި، ރާއްޖެއިން ބޭރުން މި ހިދުމަތް ދޭ މަރުކަޒުތައް މެދުވެރިކޮށްކަމަށެވެ.