ads
ދަރިވަރުންގެ ކާޑު ލިމިޓު އިތުުރު ކުރަން ބީއެމްއެލްގެ ޕޯޓަލެއް
ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ކާޑު ލިމިޓު 1200 ޑޮލަރަށް ބޮޑުކުރަން ބޭނުންވާ ދަރިވަރުން ރަޖިސްޓާ ކުރަން ޕޯޓަލެއް ހަމަޖައްސައިފި އެވެ.
Advertisement

ބީއެމްއެލް އިން ބުނީ، ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ޕާސްޕޯޓާއި ސްޓޫޑަންޑް ވިސާ އާއި ޔުނިވާސިޓީ އެންރޯލްމެންޓް ލެޓާ ބޭނުންވާނެ ކަމަށެވެ. ލިމިޓު އިތުރު ކޮށްދޭން ނަގާނީ މަސައްކަތު އެއް ދުވަހެވެ.

ބީއެމްއެލް އިން ބުނީ، ރަޖިސްޓާވުމުން ޑެބިޑް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ. އެ ކަމުގެ ނޮޓިފިކޭޝަން މޯބައިލް އެޕްލިކޭޝަނަށް އަންނާނެ އެވެ.

ކިޔަވާ ކުދިންނަށް ދޭ ލިމިޓު އެ ކުއްޖަކު ކިޔަވާ ގައުމުގައި ބޭނުން ކުރަން ލިބޭ އިރު ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން 250 ޑޮލަރު އެހެން ގައުމެއްގައި ބޭނުން ކުރަން ލިބޭނެ އެވެ.

ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ކުރިން އޮތީ 750 ޑޮލަރާ ހަމައިގަ އެވެ. މި ބަދަލަކީ ފެބްރުއަރީ އެކަކުން ފެށިގެން ގެންނާނެ ކަމަށް ސަރުކާރުންމިދިޔަ ޑިސެމްބަރު މަހުގެ 25ގައި ހާމަކުރި ބަދަލެކެވެ. ނަަމަވެސް ފަހުން އެކަން ތަންފީޒު ކުރެވޭ ގޮތެއް ނުވިއެވެ.

ކާޑު ލިމިޓު ބޮޑުކުރުމާ ބެހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން ލިބޭނެ އެވެ.

ބީއެމްއެލް އިން ކިޔަވާ ކުދިންގެ ލިމިޓު ބޮޑުކޮށްދިނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. މި ބަދަލާއެކު ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ދަރިވަރުން ބޭންކުގައި ރަޖިސްޓަރުކުރަން ޖެހޭނެއެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރެއްކަން އަންގައިދޭ ލިޔެކިޔުން ވެސް ހުށަހަޅަން ޖެހޭނެއެވެ. އަދި ކުރިއަށް ހުރި ދުވަސްތަކުގައި އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް ބޭންކުން މައުލޫމާތު ދިނެވެ. 

ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ޑޮލަރު ލިބުމުގައި ދަތިތައް އަދިވެސް ހުރި ނަމަވެސް، ޑޮލަރު ލިމިޓް ކުޑަވުމުން ދަރިވަރުންނަށް ވެސް ދަތިތަކާ ދިމާވާކަން ބޭންކުން ދަންނަ ކަމަށެވެ.

ނަމަވެސް މި ނިންމުމާއެކު މިއީ ބޭންކުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ މާލީ ބޭނުންތަކުގައި އެހީތެރިކަން ދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް ބޮޑުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް