ނަސްރުގެ ދުވަހާ ގުޅިގެން ހަވީރު ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުމުގެ ރަސްމިޔާތުގައި ޗީފް ހިލްމީ ވިދާޅުވު ނަސްރުގެ ދުވަހުގެ ގޮތުގައި އުފާވެރިކަން ލިބިގެންދާ ދުވަހަކަށްވީ ނަމަވެސް މި ދުވަހަކީ ދިވެހީންގެ ތެރެއިން ޝަހީދުވި ހިތާމަވެސް އިހުސާސްކުރާ ދުވަހެއްކަމަށް ވިދާޅުވެފަ އެވެ.
އެ ދުވަހު ޝަހީދުވެގެން ދިޔަ 19 ބޭކަލުންގެ ހަދާންތައް އާ ކުރާއިރު އެ ދުވަހު ދިވެހި ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމުގައު ސާބިތުވެ ތިބެ ހަަނގުރާމައިގައި ލިބުނު ޒަހަމްތަކުގައި ދުނިޔެ ފަހުން ދޫކޮށްލާފައިވާ ބޭކަލުންނާއި އެދުވަހުގެ ހަނގުރާމާގައި ރާއްޖެ ދިފާއުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ސިފައިންގެ ތެރެއިން މިހާރު ދުނިޔެ ދޫކުރައްވާފައިވާ ފަރާތްތަކުގެ ހަދާންތައްވެސް ޗީފް ވަނީ އާކުރައްވާފަ އެވެ.
ނަސްރުގެ ދުވަސް ފާއިތުވި ގިނަ އަހަރުތަކެއްގައި ބޭއްވެމުން އައިސްފައިވަނީ ހަަމައެކަނި ސިފައިންގެ ލެވެލްގައި ކަަމަށާއި އެދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެއެކަށީގެންވާގޮތުގަިއ ނެތް ކަމަށް ޗީފް ފާހަގަކުރެއްވިއެވެ. އެހެން ކަމުން ރައީސް ޑރ. މުއިއްޒު ނިންމަވާފައިވަނީ މި ސަރުކާރުން ދިވެހި ރާއްޖޭގެ ނަސްރުގެ ދުވަސް ގައުމީ ލެވެލްގައި އަދި ވީހާވެސް ކުލަ ގަދަގޮތެއްގައި ފާހަގަކުރެއްވުމަށެވެ.
އެދުވަހު ދިވެހި ސަފިައިން ވީ މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރައްވަން، އެހެންކަމުން ނަސްރުގެ ދުވަސް ގައުމީ ލެވެލްގައި ފާހަކުރައްވާ ދިވެހި ސިފައިން ވި މަތިވެރި ގުރުބާނީގެ އަގު ވަޒަން ކުރައްވާ، އަދި ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ ކޮންމެ ހަރަކާތެއްގައި ބައިވެރިވަޑައިގެން ދެއްވާ ކަމަށްޓަކައި ރައީސް ޑރ. މުއިއްޒަށް އެންމެހައި ސިފައިންގެ ނަމުގައި އިހުލާސްތެރިކަމާއި ޗީފް ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.
3 ނޮވެންބަރު 1988 ގެ ހަމަލާގައި ދިވެހި ސިފައން ނާއި ދިވެހީން ހޯދި ނަސްރަށް 36 އަހަރު ފުރިގެންދާއިރު ރާއްޖޭގެ އަސްކަރިއްޔާއިން މިވަނީ ތަރައްގިގެ މަގުގައި ކުރިއެރުންތަކެއް ހޯދާފައި ކަން ފާހަގަކޮށް ޗީފް ވިދާޅުވީ ވަކިން ހާއްސަކޮށް ދިވެހި އަސްކަރިއްޔާ ތެރޭގައި ވައިގެ ގާބިލްކަން ކަަށަވަރުކުރުމަށްޓަކައި ރައީސް މިސަރުކާރުން ފެށުނު ތަނާހެން ނިންމެވި ނިންމެވުން ފާހަގަކޮށްލަން ޖެހޭ ކަަމަށެވެ.
އެހެންކަމުން ދިވެހި އަސްކަރިއްޔާ ތަރައްގީކޮށް ޒަމާނާ ގުޅޭގޮތަށް އިކުއިޕް ކުރައްވާ ރާއްޖޭގެ އަސްކަރިއްޔާއަކީ މިގައުމުގެ ސަރަހައްދުގެ ގާބިލްކަން ލިބިގެންވާ ބައެއްކަމުގައި ހެއްދެވުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްފުޅަށްޓަކައި އެންމެހައި ސިފައިންގެ ނަމުގައި ޗީފް ވަނި ޝުކުރު އަދާކުރައްވާފަ އެވެ.