ހުޅުމާލެ ފަޅު ތެރޭގައި ކުނި ގިނަވެފައިވާ ވާހަކަ ގިނަ ފަރާތްތަކުން ދައްކަމުންދާ ދަޑިވަޅެއްގައި އެޗްޑީސީ އިން މިވަނީ ފަޅު ތެރޭގައި ހުރި ގިނަ އަދަދެއްގެ ކުނި ނަގައި މިކަމަށް ރައްޔިތުން ހޭލުންތެރިކުމުގެ މަސައްކަތް ފަށާފައެވެ.
އެޗްޑީސީ އިން ވަނީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުރު ވީޑިއޯ އެއް ވެސް ތައްޔާރުކޮށްފައެވެ.

ހުޅުމާލޭގެ ފަޅު ތެރޭގައި ކުނި ގިނަ ކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަން ހައްލު ކުރުމަށް ފަރުދީ ޒިންމާ ނަގާ ކަމާ މެދު ވަނީ ޝައްކު އުފެދިފައެވެ. އެޗްޑީސީ އިން ގިނަ އަދަދެއްގެ ކުނި މިހާރު ނަގާފައި ވާއިރު ކުރިއަށް އޮތްތާގައި މޫދަށާއި ފަޅަށް ކުނި ނޭޅުމަކީ ރައްޔިތުންގެ ފަރުދީ ޒިންމާއެކެވެ.