ads
ގއ. ކޮލަމާފުށި--
ލޯންޗެއް ފާސްކޮށް، 44 ގްރާމްގެ މަސްތުވާތަކެއްޗާއެކު ހަތަރު ޒުވާނަކު ހައްޔަރުކޮށްފި
ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 44 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެރަށަށް ނިސްބަތްވާ ހަތަރު ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
Advertisement

މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި، މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން ދަތުރުކުރި ލޯންޗު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 30 ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅު ވަނީ ފެނިފައެވެ. އަދި އޭގެތެރެއިން އެކެއްގެ ހަށިގަނޑު ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ހަތް ސެލަފޯން ޕެކެޓް ފެނިފައިވެ އެވެ. ފުލުހުން ބުނީ މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރި ކަމަށެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިސްމާއިލް ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި އަނެއް ތިން މީހުންގެ ބަންދަށް ހަތް ދުވަސް ވަނީ ޖަހާފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް