ads
ކްރިމިނަލްކޯޓާއި ޑްރަގު ކޯޓުގެ އާ އިމާރާތް ހުޅުވުމުގެ ތެރެއިން
ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ނެގުމަށް މާދަމާ އިންޓަވިޔުކުރަނީ
ކްރިމިނަލް ކޯޓަށް އަލަށް ނަގާ ދެ ފަނޑިޔާރުންގެ މަގާމަށް އެދި ކުރިމަތިލީ ފަރާތްތަކާ ހޮނިހިރު ދުވަހު އިންޓަވިޔުކުރަން ޖޭއްސްސީން ތައްޔާރުވެއްޖެއެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް ގާތްގަނޑަކަށް 50 އެއްހާ މީހުން ކުރިމަތިލިއެވެ. އެކަމަކު ކުރިމަތިލީ މީހުންގެ ނަންތައް ޖޭއެސްސީން އަދި އާއްމު ނުކުރެއެވެ. 

އެކަމަކު މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި އަދި މިހާރުވެސް މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރައްވާ ބައެއް ފަނޑިޔާރުންވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހޯދުމަށް ކުރިމަތިލައިފައެވެ.

މީގެ އިތުރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބައެއް ސީނިއާ ޕްރޮސިކިއުޓަރުންނާއި އަދި ބައެއް ގާނޫނީ ވަކީލުންވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށްވަނީ ކުރިމަތިލައިފައެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން ނެގުމަށް، ހޮނިހިރު ދުވަހު އިންޓަވިޔު ކުރުމަށް ފަހު އާދިއްތަ ދުވަހު އޮންނަ ކޮމިޝަންގެ ޖަލްސާގައި ފަނޑިޔާރުން ނަގާނެކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އަދި އާދިއްތަ ދުވަހުގެ ރޭ، އާ ފަނޑިޔާރުން ހުވައި ކުރުމުގެ އިންތިޒާމްތައްވެސްވަނީ ހަމަ ޖައްސާފައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރަކު ނެގުމުގެ އިދާރީ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ޖޭއެސްސީންވަނީ ހުސްވި ހަފްތާ ތެރޭގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ދެ މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް