މިގޮތުން ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 32،157.4 މެޓްރިކް ޓަނުގެ މަހެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 45.3 ޕަސަންޓު ދަށް އަދަދެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 58،761.4 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއަހަރު މަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 26،604 މެޓްރިކް ޓަނުން ދަށަށް ގޮސްފައެވެ.
ތަފާސްހިސާބުތަކުން އިތުރަށް ދައްކާ ގޮތުގައި މިއަހަރު އެންމެ ގިނައިން މަސް އެކްސްޕޯޓްކޮށްފައިވަނީ ފެބްރުއަރީ މަހުގައެވެ. އެމަހު 6،051 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. އަދި އެންމެ މަދުން މަސް އެކްސްޕޯޓްކޮށްފައިވަނީ ޖުލައި މަހުގައެވެ. އެމަހު އެކްސްޕޯޓްކޮށްފައިވަނީ އެންމެ 1،113 މެޓްރިކް ޓަނުގެ މަހެވެ.