ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
އަންނަ އަހަރު ޓޫރިޒަމުން ދައުލަތަށް ލިބޭ ޑޮލަރު އާމްދަނީ 1.1 ބިލިއަން އަށް
ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީ އަންނަ އަހަރު 1.1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
Advertisement

މިއީ ދައުލަތަށް ޑޮލަރުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ފުރަތަމަ އަހަރު ކަމަށް ވާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އާމްދަނީގެ ބޮޑު ބައެއް ލިބޭނީ ޓީޖީއެސްޓީގެ ގޮތުގައި ކަމަށެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 642 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވެ އެވެ.

އަންނަ އަހަރު ޑޮލަރު އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރަނީ ޓޫރިސްޓުން އަންނަ އަދަދު އިތުރުވުމުގެ އިތުރުން، ޓެކްސްތަކަށް ގެންނަ ބަދަލުތަކާ ގުޅިގެންނެވެ. އެގޮތުން ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 16 ޕަސަންޓުން 17 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ޖެނުއަރީން ފެށިގެން ރިސޯޓުތަކާއި ބޮޑެތި ހޮޓާތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ހަ ޑޮލަރު 12 ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ. އަދި 50 ކޮޓަރިއަށް ވުރެ މަދުން ހުންނަ ތަންތަނުން ނަގާ ތިން ޑޮލަރު ހަ ޑޮލަރަށް ބޮޑުކުރުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިދިޔަ އަހަރު ޑޮލަރުން ލިބުނު އާމްދަނީއަކީ 876 މިލިއަން ޑޮލަރު ކަމަށާއި މި އަހަރު 914.9 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް