އަމީންގެ މައްޗަށް ދައުލަތުން ކުރީ ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. ދަށު ކޯޓުގައި އަމީންގެ ޝަރީއަތް ހިންގީ އާންމުކޮށް ހުޅުވާނުލަ އެވެ. އާއްމުކޮށް ހުޅުވައި ނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި އަމީންގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު މިއަދުވަނީ ހައިކޯޓުގައި ފަށާފައެވެ.
ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. މައްސަލަ ސިއްރު ކުރަން އިސްތިއުނާފު ކުރާ ފަރާތުން އެދުނުނަމަވެސް، ދައުލަތުން އެކަމާ ދެކޮޅު ހެދިއެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމެވީ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާށެވެ.