އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މި މިސްކިތް އަޅާނީ މިހާރު މާފަންނު ބޮޑުގޭ ބިމުގައި ހުރި ވަގުތީ މިސްކިތް ހުރި ސަރަހައްދުގައި އެވެ.
މާލޭގައި މިހާރު ހުރި ގިނަ މިސްކިތްތަކަކީ އެއް ފަންގިފިލާއަށް ހުރި މިސްކިތްތަކެއް ކަމަށް ވާއިރު، މި މިސްކިތަކީ ތިން ފަންގިފިލާއަށް އެޅޭ މިސްކިތަކަށް ވާނެ އެވެ. މިސްކިތުގައި ހިމެނޭ ލައިބްރަރީގެ ސަބަބުން ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.