ads
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކޮށްފި
ކޮވިޑް-19 އިން އަރައިގަނެވެންދެން ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްކޮށްފިއެވެ.

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމަރާތް ކުރާ ކިންގް ސަލްމާން މިސްކިތް މި ރޯދަމަހަށް ހުޅުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އައި ނަމަވެސް މިހާރު ސަރުކާރުން ވަނީ މިސްކިތް ހުޅުވުން ފަސްކުރުމަށް ނިންމާފައެވެ. 

ކޮވިޑް-19 ގެ ސަބަބުން ސަރުކާރުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން މާލޭގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވަނީ މަނާކޮށްފައެވެ. އަދި ހުރިހާ މިސްކިތެއްގައި އަޅާފައި ހުރި ކާޕެޓުތައް ވެސް ވަނީ އިސްލާމިކް މިނިސްޓްރީއިން އަންގައިގެން ނަގައިފައެވެ. 

ފަސް ފަންގިފިލާއަށް އިމާރަތްކޮށް ނިމިފައިވާ ކިންގް ސަލްމާން މިސްކިތުގެ ހުރިހާ ފަންގިފިލާއެއްގައި ވެސް ވަނީ ކާޕެޓް އަޅާފައެވެ. އަދި މިހާރު މިސްކިތު އިމާރާތުގެ ހުރިހާ މަސައްކަތެއް ނިމި، މިސްކިތް ވަނީ ޕްލޭނިން މިނިސްޓްރީއާއި ހަވާލު ކޮށްފައެވެ.

އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި، އަޅާފައިވާ މި މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރަށް އަރާނެ އެވެ. މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެ އެވެ.

މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44،100 އަކަފޫޓުގެ ޖާގައެއް ހަދާނެ ކަމަށްވެސް ހައުސިން މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް