ads
ބީއެމްއެލްއިން ވިޔަފާރި ކާޑޫ ތައާރަފް ކުރުމަށް ބޭއްވި އިވެންޓުގެ ތެރެއިން
ބީއެމްއެލްއިން ވިޔަފާރިތަކަށް ހާއްސަ ޕްރިޕެއިޑް ކާޑެއް ތައާރަފުކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކުން ކޮންމެ ދުވަހަކު ވެސް ކުރާ ހަރަދުތައް މެނޭޖު ކުރުމަށް ހާއްސަ ޕްރިޕެއިޑް ކާޑެއް މިއަދު ލޯންޗްކޮށްފި އެވެ.
Advertisement

ބީއެމްއެމްއެލްއިން ތައާރަފްކުރީ އިންޓަނެޓް ބޭންކިންއިން ވެސް ފެންނަ ރުފިޔާ އަދި ޑޮލަރު ކާޑެވެ. އޭގެ ތެރެއިން ރުފިޔާ ކާޑުތައް ރާއްޖޭގައި ބޭނުން ކުރެވޭއިރު، ޑޮލަރު ކާޑު ރާއްޖޭގެ އިތުރުން ބޭރު ގައުމުތަކުގެ ޓްރާންސެކްޝަންތަކަށް ބޭނުން ކުރެވެ އެވެ.

ހޮޓެލް ޖެންގައި ގައުމީ ބޭންކުން ލޯންޗްކުރި މި ކާޑަކީ ގުޅޭގޮތުން ބީއެމްއެލް އިން އިތުރަށް ބުނީ ވިޔަފާރިތަކަށް ހާއްސަ ޕްރީޕެއިޑް ކާޑެއް އޮތުމުގެ އެންމެ ބޮޑު ފައިދާ އަކީ އެ ދުވަހަކަށް ބޭނުންވާ ވަކި އަދަދެއް ޓޮޕްއަޕްކޮށްގެން ބޭނުން ކުރެވޭ ގޮތަށް ކާޑު ފަރުމާކޮށްފައިވުމާއި ލިމިޓްތަކެއް ވެސް ހުރުން ކަމަށެވެ.

މި ކާޑުތައް އޭޓީއެމާއި ޕީއޯއެސް އަދި އީިކޮމާސްގައި ވެސް ބޭނުން ކުރެވޭނެ އެވެ.

ބީއެމްއެލްއިން ބުނީ ވިޔަފާރިތަކަށް ރުފިޔާ ކާޑުން ދުވާލަކު ދެ ލައްކަ ރުފިޔާއާ ހަމައަށް ޓްރާންސެކްޝަން ހެދޭނެ ކަމަށާއި އެންމެ ގިނަ ވެގެން ފަސް ލައްކަ ރުފިޔާއާ ހަމައަށް ރީލޯޑް ކުރެވޭނެ ކަމަށެވެ.

ޑޮލަރު ކާޑުން ވިޔަފާރިތަކަށް ދުވާލަކު 50،000 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެކަން ކަމަށާއި ރިޅޯޑް ކުރެވޭނެ އެންމެ މަތީ ލިމިޓަކީ އެއް ލައްކަ ޑޮލަރު ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް މޯބައިލް އެޕްގެ ވޮލެޓް ޕޭމަންޓްތަކަށް ވެސް އެ ކާޑުތައް ބޭނުން ކުރެވޭއިރު އެ ކާޑުތައް ބޭނުންކޮށްގެން ވިޔަފާރިތަކަށް ޒޯހޯގެ ޕްރޮޑަކްޓްތަކުން 35 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

ބީއެމްއެލް އިން ނެރުނު ބިޒްނަސް ޕްރިޕެއިޑް ކާޑުގެ އިތުރު މައުލޫމާތާއި އެ ބެންކުން ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ލުއިފަސޭހަ ގޮތްތަކާއި ވިޔަފާރިތަކަށް އެ ބެންކުން ދޭ އިތުރު ހިދުމަތްތަކުގެ މައުލޫމާތުތައް ބީއެމްއެލް ބިޒްނަސް އެކްސްޕޯއިން ލިބޭނެ އެވެ. 

ބީއެމްއެލްއިން މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް މި އެކްސްޕޯ ކުރިއަށް ގެންދާއިރު، އެ އެކްސްޕޯގައި ވިޔަފާރިތަކަށް ދަނީ މައުލޫމާތު ދެމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް