ބެންގަލޫރާއި ކޮޗިންގަ ތިބި ދިވެހިން ގޮވައިގެން އައި މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު މެންދުރުފަހު އެކެއް ޖެހިއިރު ކަމަށް މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.
މީގެ ކުރިން އިންޑިޔާގެ ޓްރިވެންޑްރަމްގަ ތިބި 200 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްފައި ވެއެވެ. އިންޑިއާ އަކީ ދިވެހިން ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.