އުމުރުން 32 އަހަރުގެ ސަލާހްވަނީ މިހާތަނަށް މި ސީޒަންގައި ލިވަޕޫލަށް ނުވަ ލަނޑު ޖަހާފައެވެ. ކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ސަލާހްގެ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ ލިވަޕޫލާއެކު ހުންނާނެ ކަމާމެދު ސުވާލު އުފެދިފައިވާއިރު، ޖަނަވަރީން ފެށިގެން އިގިރޭސި ކްލަބުތައް ފިޔަވައި އެހެން ކްލަބުތަކާ ވާހަކަ ދެއްކުމަށް އޭނާއަކަށް ހުރަހެއް ނޯންނާނެއެވެ.
އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން މި ވަގުތު ސަލާހްގެ ވިސްނުން ހުރީ ހަމަ އެކަނި ލިވަޕޫލަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދޭށެވެ. ކޮންޓްރެކްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަން އޭނާ ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސީޒަންގެ ނިޔަލަށް ސަލާހުގެ ކޮންޓްރެކްޓް ހަމަވާއިރު، ސައުދީ ޕްރޯ ލީގުން އޭނާއަށް ބޮޑު އަގެއް ހުށަހަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.