ads
މިނިސްޓަރު އަމީން
ސަރުކާރު ކުންފުނިން ޓެކްސީ ކުރިޔަސް ޑްރައިވަރުންނަށް ގެއްލުން ނުވާނެ
ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރަން ނިންމި ނިންމުމުގެ ސަބަބުން ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ބްރޭންޑް ނިއު ކާރުތައް ގެެސް ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާ އެކަން ކުރަމުން އަންނަކަމަށް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މިދިޔަ މަހުގެ 29 ގައެވެ. މިކަމާއި ގުޅިގެން ޓެކްސީ ޑްރައިވަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް މަޖިލީހާވެސް ހިއްސާކޮށްފައެވެ. 

ރައީސް އޮފީހުގައި ނޫސްވެރިންނށައި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން މިއަދު ވިދާޅުވީ ސަރުކާރުން ޓެކްސީ ލައިނެއް އުފައްދާކަން އަދި އިއުލާން ނުކުރާ ކަމަށެވެ. އެހެންނަމަވެސް ޓެކްސީ މައްސަލައިގައި އާއްމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ފާހަގަކުރައްވަމުން އެކަން ހައްލުކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު އަމީން ވިދާޅުވީ ބޭނުންވާ ގަޑިތަކުގައި ޓެކްސީ ނުލިބުމާއި މާލޭގެ ވަކި ތަންތަނަށް ޓެކްސީ ދަތުރުތައް ނުލިބޭކަމުގެ ޝަކުވާތައް އިންތިހާއަށް އޮތްކަމަށެވެ. 

"ވަރަށް ގިނަ ބޭފުޅުންގެ ކޮންސާން އޮންނަ މައްސަލަތަކެއް، މިއީ އާންމު ފަރާތްތަކުން ޓެކްސީ ހޯދަން ބޭނުންވީމަ ނުލިބޭ މައްސަލަ. މިއީ ސެންސިޓިވް އެނަލައިޒިން ފެންނަ ކަންކަން. މާލެ އިން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދާން ޓެކްސީ ނުލިބޭ ކަމަށް، އެކަމަކު ބްރިޖު ހުރަސް ކުރަން އެޕްގައި ޖެހީމާ ޓެކްސީ ލިބޭކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ޓެކްސީ ކުރަނީ އާމްދަނީއެއް ހޯދުމަށް ކަމަށާއި ޑްރައިވަރުންގެ އާމްދަނީއަށް ގެއްލުން ނުވާނެ ގޮތަށް އެ ނިޒާމު ބައްޓަން ނުކުރެވޭނެ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނާއި ދެއްކި ވާހަކަތަކަށް ބަދަލު ނުގެންނަވާކަމަށްވެސް އަމީން ވިދާޅުވިއެވެ. 

"ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނަށް އެ ދުވަހު ވެސް ދިން ޔަގީން ކަމަކީ އެ މީހުންގެ ހިދުމަތާއި އެ މީހުންނަށް ގެއްލުން ވާނެ އެއްވެސް ގޮތަކަށް ސަރުކާރުން ކަމެއް ނުކުރާނެއޭ. އެކަަމަކު ޓްވިސްޓް ކޮށްގެން މިނިސްޓަރު ދެއްވި ޔަގީންކަން އަނބުރާލީއޭ ކިޔައިގެން ވާހަކަ ދެއްކީ. މިނިސްޓަރު ދިން ޔަގީންކަން އަނބުރައެއް ނުލަން. މިއަދު ވެސް މި ދަންނަވަނީ އެ ވިޔަފާރީގައި ތިބި މީހުންނަށް އެއްވެސް ދެރަ ކަމެއް ނުކުރާނަމޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 29ގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލު ކުރަން ނިންމާ އެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ހިދުމަތް ދޭން ފަށާނީ މުޅިން އާ ކާރުތައް ގެނެސްގެނަކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި  ތަކެތި ޕާކުކުރަން ބިންތައް ކަނޑައަޅާ ކުރިޔަށް އޮތް 10 ވަރަކަށް ދުވަސްތެރޭ މިނިސްޓްރީއަށް ލިބޭނެކަމަށްވެސް އަމީން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް