ads
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ފަތުރުވެރިޔަކަށްވެސް ގެނެވޭނީ 19ސިނގިރޭޓްގެ ފޮއްޓެއް، ގިނަނަމަ އަތުލާނެ
ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެފަދަ ތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތަކުން ޑިއުޓީ އިނާޔަތް ދިނުން ހުއްޓާލައިފިއެވެ.
Advertisement

ދުންފަތުގެ ބާވަތަތައް، ދުންފަތު ސިނގިރޭޓު އަދި ވޭޕް އެތެރެ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެކުރުމަށް ދީފައިވާ ލުއިތައް މިދިޔަ އޮގަސްޓްމަހުގެ 1 ވަނދުވަހުން ފެށިގެން އުވާލަން ނިންމިނަމަވެސް ދަ ފަހަރެއްގެ މަތިން ވަނީ އެ ސުންގަޑި ފަސްކޮށްފައެވެ. 

ދުންފަތުގެ ބާވަތަތައް، ދުންފަތު ސިނގިރޭޓު އަދި ވޭޕް އެތެރެ ކުރަން ބޭނުން ކުރާ ސާމާނު ރާއްޖެ އެތެރެކުރުމަށް ދީފައިވާ ލުއިތައް ހުއްޓާލިކަން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވަނީ މުވައްޒަފުންނަށް އަންގާފައެވެ. ކޮމިޝަނަރު ފޮނުވި އުސޫލުގައިވާ ގޮތުން ޑިއުޓީ އިނާޔަތް ދިނުން އިސްތިސްނާވާ ތަކެތީގެ ތެރޭގައި ދުންފަތް ނުވަތަ ނިކޮޓިން އެކުލެވޭ ބާވަތްތަކާއި އެތަކެތި ބުއިމަށް ބޭނުންކުރާ އާލާތްތައް ހިމެނޭކަމަށެވެ. 

މި ބަދަލާއި އެކު ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށްވެސް ވަކި އަދަދަކަށްވުރެ އިތުރަށް ރާއްޖެއަށް ސިނގިރޭޓެއް އެތެރެ ނުކުރެވޭނެއެވެ. އެގޮތުން ފަތުރުވެރިއަކަށް މީހާރު ރާއްޖެ އަންނަ އިރު އެންމެ ގިނަވަގެން ގެނެވޭނީ 19 ސިނގިރޭޓް ހިމެނޭ ފޮއްޓެވެ. އެއަށް ވުރެ ގިނައި ގެނެސްފިނަމަ ރާއްޖެ އެތެރެވަމުން އެތަކެތި ކަސްޓަމާއި ހަވާލުކުރަން ޖެހެއެވެ. ކަސްޓަމާއި ހަވާލުކުރި ތަކެތި އަނބުރާ ލިބޭނީ އެފަތުރުވެރިޔަކު ރާއްޖެއިން ފުރާއިރުއެވެ. އިތުރަށް ގެންނަ ތަކެތި އެތެރެކުރެވޭނީ ޑިއުޓީ ދައްކައިގެންނެވެ. 

ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނައި އިސްލާހަށް މިމަހުގެ 1 ވަނަދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މި ބަދަލާއިއެކު ސިނގިރޭޓަކުން އަދި ބިޑިއަކުން އަށް ރުފިޔާގެ ޑިއުޓީއެއް ނެގޭނެއެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެހެނިހެން އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލުން ނަގާ ޑިއުޓީ 50 ޕަސަންޓަށް އަދި މިލިލީޓަރަކަށް އަށް ރުފިޔާ ނަގާނެއެވެ.

ނޮވެމްބަރު 15 އިން ފެށިގެން ވޭޕާއި އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެ ތާރީހުގެ ކުރިން އެތެރެކުރާ މިފަދަ އުފެއްދުންތަކުން ވެސް އިތުރުކުރެވޭ ޑިއުޓީ ނެގޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް