ރާއްޖޭގެ ފިހާރަތަކުން މިހާރު ސިނގިރޭޓު ފޮށި ވިއްކަމުންދަނީ 250 ރުފިޔާއަށެވެ. އަދި ކާޓަނެއްގެ އަގު 2،240 ރުފިޔާއަށް މަތިވަނީވެފައެވެ.
ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަނީ ސޮއިކުރައްވާފަ އެވެ.
މި ބަދަލާ ގުޅިގެން މި އަހަރު އެކަނި ވެސް ދައުލަތަށް 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އަންނަ އަހަރު ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީން ވެސް 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.