ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާގޮތުން މާފުށީގައި ސިޓީ ހޮޓަލެއް އެ ކޯޕަރޭޝަނުް އަޅާނެ އެވެ. މިއީ މާފުށީ ކައުންސިލްގެ ކުންފުންޏާ ގުޅިގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއަށް އިންވެސްޓްކުރާނެ ފަރާތެއް މިހާރު ވަނީ ލިބިފައެވެ. އަދި މާފުށީގައި ޓޫރިޒަމަށް ލިބިފައިވާ މަގުބޫލުކަން ބޮޑުކަމުން މިއީ ރިސްކު ކުޑަ މަޝްރޫއެއް ކަމަށް އެ ކޯޕަރޭޝަނުން ދެކެ އެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ވެސް މިހާރު ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ ހައްޖު ކޯޕަރޭޝަނުން ފައިދާ އިތުރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓް އިމާރާތްކުރުމުގެ މަޝްރޫއެއް ވެސް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.