35 އަހަރަށްފަހު އަލުން ހިލްމީ ޑައިރެކްޝަނަށް ނުކުންނަ "ލަމްހާ" ގެ ލީޑް ކާސްޓަކީ އައިޝާ އަލީއެވެ. މީގެއިތުރުން އަހްމަދު ޝާރިފާއި ނުޒުހަތު ޝުއައިބު (ނުޒޫ)ގެ އިތުރުން އަހްމަދު އީސާ (އާނަންދު) ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނެއެވެ.
މި ފިލްމުގެ ކެމެރާމަނަކީ އިންޑިއާގެ ކެމެރާމަނެކވެ. އަދި ފިލްމުގެ މޭކަ އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާނޫ ލަންކާގެ ރައްޔިތެެކެވެ.
މި ފިލްމުގެ ސްކްރިޕްޓަކީ ވަރަށް ކުރިން ލިޔެފައި އޮތް ސްރިޕްޓެއްކަމުން ފިލްމުގެ މަައްކަތް ފަށާފައި މިވަނީ އެ ސްކްރިޕްޓެ މިޒަމާނަށް ފައްތާ ބަދަލުކޮށްގެންކެމަށް ހިލްމީ ވިދާޅުވިއެވެ.
މި ފިލްމު ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް އެޅުމަށް ވަނީ ނިންމާފައެވެ.