ޗެމްޕިއަންސް ލީގުގައި މިދިޔަ މަހުގެ ޔަންގް ބޯއިސް އަތުން މޮޅުވި ފަހުން ބާސެލޯނާ މިވަނީ ވިދިވިދިގެން ހަތް މެޗުން މޮޅުވެފަ އެވެ.
މިއިން ކޮންމެ މެޗެއްގައި މަދުވެގެން ތިން ގޯލު ޖަހައި ބާސާ އޮތީ ރަނގަޅު ފޯމެއްގައެވެ. ބާސާގެ މި މޮޅު ސީރީސްގެ ތެރޭގައި ގަދަފަދަ ރިއާލް މެޑްރިޑް އަތުން މޮޅުވި މެޗާ، ބަޔާން މިއުނިކް އަތުން މޮޅުވި މެޗު ހިމެނެއެވެ.
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.