ads
މަރިޔަމް ޝައިނާ ނަސީމް
މިސް ޔުނިވާސް ބަލަން މެކްސިކޯއަށް ދާން ދެ މީހަކަށް ޝައިނާ ޓިކެޓް ދެނީ
މިސް ޔުނިވާސް ބަލަން މެކްސިކޯއަށް ދާން ދެ މީހަކަށް ޓިކެޓް ދިނުމަށް އެ މުބާރާތުގައި ރާއްޖެއިން ވާދަކުރާ މަރިޔަމް ޝައިނާ ނަސީމް ނިންމާ އިއުލާންކޮށްފިއެވެ.
Advertisement

ޝައިނާ މިހާރު ހުރީ މުބާރާތުގެ އެހެން ބައިވެރިންނާއެކު މެކްސިކޯގައިއެވެ. އަދި އޭނާ ހުރީ މިސްވޯލްޑް މޯލްޑިވްސް ޖަހާފައި ހުރި ބޭނާއެއް އަޅައިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތައް ވަނީ އާއްމުވެފައެވެ. 

މި މަހުގެ 14 އިން 16 އަށް އޮންނަ މި މުބާރާތް ބަލާލަން ދޭން ބޭނުންވާ ދެމީހަކަށް ޓިކެޓް ދޭން ނިންމިކަން ޝައިނާ ހާމަކުރީ އޭނާގެ އިންސްޓަގްރާމަގައެވެ. އޭނާ ބުނީ މިސް ޔުނިވާސްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ފައިނަލް ކޮމްޕެޓިޝަން ބަލާލުމަށް ދެ މީހަކަށް ޓިކެޓް ދޭނެކަމަށެވެ. 

އެގޮތުން މި ޓިކެޓް ހޯދުމަށް އޭނާގެ އިންސްތްގަރާމް ރީލްގައި އޭނާ އެ މުބާރާތުގައި ބައިވެރިވުމަށް ހިޔާރުކުރަންވީ ސަބަބު ކޮމެންޓް ކުރުމާއި ފަސް ރައްޓެހިން ޓެގްކޮށް މިސް ޔުނިވާސްގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓާއި ސައިނާގެ އެކައުންޓް ފޮލޯ ކުރުމަށް ވަނީ އެދިފައެވެ. 

އުމުރުން 21 އަހަރުގެ ޝައިނާއަކީ ޓޮޕް މޮޑެލް މޯލްޑިވްސް 2022 ކާމިޔާބުކުރި ފަރާތެވެ. މިސް ޔުނިވާސްގެ 73 ވަނަ މުބާރާތް އޮންނާނީ އަންނަ މަހުގެ 14 އިން 16 އަށް މެކްސިކޯގައެވެ. މި މުބާރާތުގައި 130 ގައުމަކުން ބައިވެރިވާއިރު، ދިވެހިރާއްޖެއަކީ މި މުބާރާތުގައި އަލަށް ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ޝައިނާ މި މުބާރާތައް ފުރާފައިވަނީ ދިވެހި ސަރުކާރުން ނުރުހުން ފާޅުކޮށްފައި އޮއްވައެވެ. ޔޫތު މިނިސްޓްރީން މި މައްސަލައިގައި އޮކްޓޫބައި މަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމް ދީނާ ހިލާފު އެއްވެސް ކަމަކަށް ސަރުކާރުން ތާއީދު ނުކުރާ ކަމަށާއި، މިފަދަ ކަންކަން ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ރާއްޖެ ތަމްސީލުކުރުމުގެ ނަމުގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުން ސަރުކާރުން ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

 

50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް