ads
ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިއަށްގެންދާ "އައި ކޭމްޕް"އަށް ހެލްތް މިނިސްޓަރާއި ސަފީރު ޒިޔާރާތް ކުރެއްވުން
ރާއްޖެ އައި ޗައިނާގެ ލޮލުގެ ޑޮކްޓަރުންގެ ޓީމުން ފަސްދޮޅަހަކަށް ސާޖަރީ ކޮށްފި
ހުޅުމާލޭ ހޮސްޕިޓަލުގައި ޗައިނާގެ ޑޮކްޓަރުންގެ ޓީމަކާއެކު ކުރިއަށްގެންދާ "އައި ކޭމްޕް"ގައި ތިން ދުވަހުން ގާތްގަނޑަކަށް 60 "ކެޓަރެކްޓް ސާޖަރީ" ފުރިހަމަ ކޮށްފި އެވެ.
Advertisement

މި ކޭމްޕާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވީ، ޗައިނާ ޑޮކްޓަރުންގެ ސާޖާރީތަކަށް ފަހު އެތައް ބައެއްގެ ލޮލުގެ ފެނުމަށް ރަނގަޅު ބަދަލުތަކެއް އައުމަކީ އުފާވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ވޭތުވެެދިޔަ ތިން ދުވަހުގެ ތެރޭގައި ޗައިނާގެ ޑޮކްޓަރުން ވަނީ 60 އެއްހާ ދިވެހިންގެ ލޮލުގެ ސާޖަރީތައް ކޮށްފަ އެވެ.

ޑޮކްޓަރުންގެ ޓީމުގެ މަސައްކަތާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީ ކުރި ސޯޝަލް މީޑިއާ ޕޯސްޓެއް ހިއްސާކުރައްވާ ލިޖިން ވިދާޅުވީ، ފަރުވާ ހޯދި ފަރާތްތަކާ ދިމާވެ އެ މީހުންގެ އުފާވެރިކަމުގައި ހިއްސާވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

"ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭ ޗައިނާގެ ޓީމުން ވަނީ ފަސްދޮޅަހަކަށް ސާޖަރީކޮށް ދިވެހިންނަށް ފަރުވާ ދީފަ. ރާއްޖެ-ޗައިނާ ގުޅުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާވާތަން ފެންނާތީ ވަރަށް އުފާވޭ،" އޭނާ ލިޔުއްވާފައިވެ އެވެ.

ހެލްތު މިނިސްޓްރީގެ ޕޯސްޓުގައި ހިއްސާކޮށްފައި ވަނީ ޗައިނާ ސަފީރު އަދި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު، ޗައިނާގެ ޓީމު އަދި ފަރުވާ ހޯދި ބައެެއް މީހުންނާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ.

އެ މިނިސްޓްރީން ބުނީ، މި ޓީމުން ކުރިއަށް ގެންދާ އައި ކޭމްޕުގައި ލޮލުގެ އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލެންސު ނުސާފު ވެފައިވާ މީހުންނަށް ހާއްސަ ސާޖަރީތަކެއް ހެދުމުގެ ހިދުމަތް ދޭނެ ކަމަށެވެ.

ޗައިނާއަކީ މީގެ ކުރިން ވެސް ރާއްޖޭގެ ސިއްހީ ހިދުމަތްތައް ދެމުން އަންނަ ތަންތަނަށް ގިނަ ސިއްހީ ސާމާނު ހަދިޔާކޮށްފައިވާ ގައުމެއްކަން ފާހަގަކޮށްލެވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2016 އިން ފެށިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި އައި ކޭމްޕްގެ މިފަހަރުގެ ހަރަކާތް ފެށީ މި މަހު ފަހެއްގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް