މިހާރު މާލެ ސަރަހައްދުގައި ހުރި ސަރުކާރުގެ ހޮސްޕިޓަލުތަކުގައި ހަތަރު އޮޕަރޭޝަން ތިއޭޓަރު ހުރި އިރު، މި އަހަރު ނިމުމުގެ ކުރިން އެ އަދަދު 12 އަށް އިތުރުކުރެވޭނެ ކަމަށް އޭނާ ވަނީ ހާމަކުރައްވާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ހަތަރު އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން 14 އެނދުގެ އެންއައިސީޔޫ އަދި 10 އެނދުގެ އައިސީޔޫ އެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
މި ހިދުމަތްތައް ފެށުމުން އައިޖީއެމްއެޗަށް އަންނަ ލޯޑް ކުޑަވެގެންދާނެއެވެ. . އަދި މި މަސައްކަތްތައް ނިމުމުން ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ހިދުމަތްތަކެއް ލިބިގެންދާނެއެވެ.