ads
ފޮޓޯ: ސްޓެލްކޯ
ކަރަންޓު އުފައްދާނެ ރާޅު ހޯދުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ކަރަންޓު އުފެއްދުމަށްޓަކައި ސްޓެލްކޯއިން ރާޅު މޮނިޓާ ކުރުމުގެ މަޝްރޫއެއް ފަށައިފިއެވެ.
Advertisement

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރައީސް ޑރ މުއިއްޒުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލްވުމަށް ސޯލާ ސޯސްތަކުން ބޭރަށް ދެމެހެއްޓެނިވި ހަކަތަ ފުޅާކުރުމުގެ ގޮތުން އިފްތިތާހު ކުރި މަޝްރޫއެއް ކަަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ރާޅު މޮނިޓަރިން ޓެކްނޮލޮޖީ ބޭނުންކުރުމަކީ ރާއްޖެއިން ދެމެހެއްޓެނިވި ހަކަތައަށް ހައްލު ހޯދުމަށް އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެ މުހިއްމު ވައުދު ހާސިލްކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ރާޅުން ހަކަތަ ހޯދައިގެން ސްޓެލްކޯއިން ދަނީ އިއާދަކުރަނިވި ހަކަތަގެ ވަކި ސަރަހައްދުތައް، އާންމުކޮށް ބޭނުން ކުރާ ސޯލާ އިން ބޭރަށް ދިޔުމަށް ދެމެހެއްޓެނިވި ތަރައްގީއަށް އާ ދޮރެއް ހުޅުވާލަމުން ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

"މި މަޝްރޫއުގައި ކަނޑުގެ ރާޅުތަކަކީ ގައުމަށް ދިރިއުޅެވޭނެ ހަކަތައެއްގެ ގޮތުގައި ލިބިދާނެ ގޮތް ދެނެގަތުމަށްޓަކައި ހަރުކަށި ޑޭޓާ އެއްކުރުމާއި ތަހުލީލުކުރުން ހިމެނޭނެ" ސްޓެލްކޯގެ އެމްޑީ ފަހުމީ މައުލޫމާތު ދެއްވިއެވެ.

އޭގެއިތުރުން ކަނޑުގެ ރާޅުތަކަކީ އިރުގެ ހަކަތައަށް ވުރެ މޫސުމުގެ ހާލަތުގެ އަސަރު ކުޑަ އެއްޗަކަަށްވުމުން ރާޅު ހަކަތައިން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި އެއްގޮތަކަށް ހަކަތަ ފޯރުކޮށްދިނުން ހިމެނޭ ކަމަށް ފަހުމީ އެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

"މި ދިރާސާގެ ތެރެއިން ސްޓެލްކޯގެ އަމާޒަކީ ރާޅު ހަކަތަ މިހާރު ހުރި އިއާދަކުރަނިވި ހަކަތަ ފުރިހަމަ ކުރެވޭނެ ގޮތްތައް ވަޒަންކޮށް، މިއަށްވުރެ ވަރުގަދަ އަދި އިތުބާރު ހުރި ހަކަތަ ގްރިޑެއް އުފެއްދުން" މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވިއެވެ.

މި މަސައްކަތަކީ ސްޓެލްކޯއިން އިނޮވޭޝަނަށް ކުރާ މަސައްކަތަށް އަލިއަޅުވާލާ އަދި ސާފު، ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް ރާއްޖޭގެ ތަސައްވުރާ އެއްގޮތް މަސައްކަތެއްކަމަށް ފަހުމީ ފާހަގަކުރައްވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް