
ދިރާގުން ބުނީ އެ ޕްރޮމޯޝަން މިހާރު، މިއަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
ދިރާގުގެ މެނޭޖަ އެކުއިޒިޝަންސް އެންޑް ސީއެލްއެމް ޖަނާ އިބްރާހީމް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ތަފާތު، ހިތްގައިމު އައު އޮފާތަކެއް ގެނެސްދީ، ފަސޭހަކަމާއެކު އެ ފަރާތްތައް ގުޅުވައި ދިނުމަށް ކަމަށެވެ.
ދިރާގު 5ޖީ ޓާބޯ ވައިފައިއަކީ 5ޖީ ސްޕީޑްގެ ހަލުވި، ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކޮށްލެވޭ ހިދުމަތެކެވެ.
ދިރާގުން ބުނި ގޮތުގައި 5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާ އެކު، ބޭނުންނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ އެވެ.
މީގެ އިތުރުން މި ޕްލޭންތަކާ އެކު ހާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ނެގޭނެ އެވެ.
ދިރާގު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3rklGxI ލިބޭނެ އެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.