އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އެވެ.
މި މަޝްރޫއުގެ ދަށުން ޓޫރިޒަމް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ. އަދި ރިސޯޓުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭނީ އެތަނުގައި ތަމްރީނު ހޯދާ ދަރިވަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހުޅިމެންދޫގައި ތަރައްގީ ކުރާނީ ފަސްތަރީގެ ރިސޯޓެއް ކަމަށާއި، އެތަނުގައި ފެންވަރު ރަނގަޅު ހޮޓެލް ޓްރެއިނިން ސްކޫލެއް ވެސް ގާއިމުކުރާނެ ކަމަށެވެ.
އެއްބަސްވުމާއި ގުޅޭ މުހިންމު ނުކުތާތައް: