ads
ރައީސް މުއިއްޒު ކެބިނެޓު ބައްދަލުވުމެއްގައި - ފޮޓޯ/ރައީސް އޮފީސް
ރިޔާސީ އިންތިހާބު ދެވަނަ ބުރަށް ނުދާނެގޮތަށް ހަދަން ވިސްނަން : ރައީސް
ރިޔާސީ އިންތިހާބު ދެވަނަ ބުރަށް ނުގޮސް އެއްބުރުން ހޮވޭނެ މީހަކު ކަނޑައެޅުމުގެ މަސައްކަތް ކުރުމުގެ ވިސްނުން ގެންގުޅުއްވާ އެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރައީސް ވަނީ މި ވެރިކަމުގެ ފުރަތަމަ އަހަރު ކުރެވުނު ކަންތައްތަކާއި ކުރަން ރޭވިފައިވާ ކަންކަމުގެ ވާހަކަތައް ހިއްސާކުރައްވާފައެވެ. 

ރައީސް މުިއްޒު ވިދާވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ކަންކަން ދިރާސާކުރުމަށް ބަންޑަރަ ނައިބާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާކަމަށެވެ. ރައީސް ވިދާޅުވީ ދެވަނަ ބުރަކަަށް ނުގޮސް ދެވަނަ ބުރަކަށް ދާ ހާލެެއްގައިވެސް ވެރިޔަކަށް ހޮވޭނެ މީހަކު އެނގޭގޮތަށް ވޯޓްކުން ގެންދަން ވިސްނަވާކަމަށެވެ. 

" ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުގައި ޕްރިފްރެންޝަލް ވޯޓިންއިން ދެވަނަ ބުރަކަށް ދާ ހާލެއްގައި، ޗޫސްކުރާނެ ވެރިއަކަށް ހޮވާނެ މީހާވެސް އެނގޭގޮތަށް. އެގޮތަށް ވޯޓްލެވޭ ގޮތަށް. މާނައަކީ އެއްބުރުން ނިމޭނެއޭ. އެއްބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް." ރައީސް މުއްޒު ވިދާޅުވިއެވެ.

ރައީސް މުއުއްޒު ވިދާޅުވީ އެކަން ބަދަލުކުރަން ނިންމާނީ ދިރާސާކުރުމަށް ފަހު ރައްޔިތުން މަޖިލިސް މެދުވެރިކޮށް ރައްޔިތުން އެގޮތަށް އެދޭކަަމަށް ފެންނަމަކަމަށެވެ. 

" އެކަމަކު ދިރާސާކޮށްފައި އަޅުގަނޑު ގަސްތުކުރަން އެއީ އަޅުގަނޑުމެން ގައުމަށް އެންމެ ރަނގަޅު ގޮތްކަމަށްވަންޏާ ރައްޔިތުން މަޖިލިސް މެދުވެރިކޮށް މިކަން ރައްޔިތުން އެދޭކަމެއްކަމުގައި ވަންޏާއި ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެބުރު ނޯންނަ ގޮތަށް އެއްބުރުން މީހަކު ހޮވާ ނިމެނޭގޮތަށް ކަންކަން ބަދަލުކުރަން. އެއީ އަޅުގަނޑު ހިތުން ހަރަދުވެސް ކުޑަވާނެ މާބޮޑަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުވެސް އެއްކޮށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވަކަމަށާއި މިކަމުގައިވެސް ގޮތެއް ނިންމާނީ ރައްޔިތުން ކައިރީ އަހާ ފެންނަ ނުފެންނަ ވޯޓަކުންކަމަށް ރައީސް ވިދާޅުވިއެވެ. 

38%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް